Dataset Viewer
Auto-converted to Parquet Duplicate
audio
audioduration (s)
0.24
29.6
sentence
stringlengths
4
587
ބައެއް ޤައުމުތަކުގައި މަސައްކަތް ކޮށްފައި އެބަހުރި ޤާނޫނުތަކުން މިއަށް ޖާގަ ހޯދައިގެން މިކަން ކުރުން އެހެން ޤައުމުތަކުގައި މަސައްކަތް ކޮށްފައި ހުރީ ކޮންމެވެސްކަހަލަ ޤަރާރެއްގެ ދަށުން ކަންތައް ކުރެވޭތޯ ބަލަން
ހަމަ އެންމެ ޓޮޕް ކުރައްވާ ކަނބަލެއްގެ ގޮތުގައި ވަރލްޑް ލީޑަރއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ޖަރމަނީގެ ޗާންސެލަރ އެންޖަލާ މަރކެލް
ހަމައެއާއެކީ ދާދި އިހަށްދުވަހާ ޖެހެންދެން އަދިވެސް ހިލަރީ ކްލިންޓަން ހަމަ ބަބުޅަމުންދާކަން އަޅުގަނޑުމެން ހުރިހާ އެންމެން ގަބޫލުކުރަން މިޝެލް އޮބާމާ ޝައިޚް ޙަސީނާ މިކަހަލަ އެތައް ބޭފުޅުންނެއް އެބަތިބި ދެން ފެޑް ރިޒަރވްގެ ގަވަރނަރ ފެޑް ރިޒަރވްގެ އެންމެ އިސްބޭފުޅަކަށް އެހެރީ ޖެނެޓް ޔެންސަން
އަދި އަޅުގަނޑުމެންގެ ސަރަޙައްދުގައިވެސް މިކަހަލަ ބޭބޭފުޅުން
އެކަމަކު މިއިން ކޮބައިތޯ އަޅުގަނޑުމެން ހޯދަންވީ ފިލާވަޅަކީ؟
މިއިން ހޯދަންވީ ފިލާވަޅު
އަޅުގަނޑު ހަމަ ދަންނަވާލާނަން
އަޅުގަނޑަށް އެނގޭ ދެންމެ މަހާސިންތާގެ ބައިވެރިންގެ ފަރާތުން
ވާހަކަފުޅު ދެއްކެވި އަޝްފާގެ ވާހަކަފުޅުން
މަހާސިންތާގެ ބައިވެރިންނަށް ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބިވަޑައިގެން ހިނގައްޖެ
އަދި އެކަމަނާގެ ސާބިތުކަމާއި ދެއްކެވި ވާހަކަފުޅުގެ ވަރުގަދަކަމުން އަޅުގަނޑަށްވެސް އުންމީދުތަކެއް އާވެގެން އެބަދޭ
ސަބަބަކީ މި މަހާސިންތާއަކީ ޙަޤީޤަތުގައިވެސް ސިޔާސީ މަސައްކަތްތަކަކަށް އަންހެނުން ބާރުވެރިކުރުވުމުގެ ސިލްސިލާގެ ތެރެއިން ކުރެވޭ ކަމަކަށް ވެގެންދޭ
އެހެންވީމާ ދެހާސްއަށާރަ އަށް ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެންދާއިރު މީގައި އަންހެނުންގެ ދައުރަކާއި އަދި އަޅުގަނޑުމެން ވިސްނައި އަޅުގަނޑުމެން ފިކުރުކުރާ މީހުން ވިސްނާނެގޮތް އެ ހޯދުމަށްޓަކައި މަސައްކަތް ކުރާނެ ފަހުލަވާނުންތަކެއް މި މަހާސިންތާއިން ތައްޔާރުކުރެ
ގަބޫލުކުރެވެނީ ވަރަށްމޮޅު ލެކްޗަރ ސެޝަންތަކެއް ލިބިގެން ހިނގައްޖެ ކަމަށް ގަބޫލުކުރެވެނީ ކަނބަލުން ވަރަށް ވަރުގަދައަށް ތައްޔާރުކުރެވިގެން ހިނގައްޖެ ކަމަށް
އަޝްފާގެ ވާހަކަފުޅު އަހާލީމަ އަޅުގަނޑަށް އެ އިޙްސާސްތައް މިތާ އިނދެގެން ކުރެވުނު
މިކަހަލަ މަހާސިންތާއެއް ރޭވިގެން މި ކުރެވޭ މަސައްކަތްތަކުގައި
އަޅުގަނޑުމެން ހޯދަން ބޭނުންވާ ނަތީޖާތަކެއް ހުންނާ
އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގެ އެއްކަމަކަށްނޫނީ މި މަހާސިންތާ ވެގެނެއްނުދާނެ
އާދެ ދުނިޔޭގައި އަންހެނުންނަށް ބާރުވެރިކަން ހޯދައިދިނުމަށްޓަކައި މިކުރެވޭ މަސައްކަތްތަކު
ދިވެހިރާއްޖޭގައި މިއީ މިކަހަލަ ފުރަތަމަ މަހާސިންތާ ކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭ
އެހެންވީމާ މަހާސިންތާގައި ހުރިހާ ބައވެރިންނަށް ތިޔަ ޝަރަފު ލިބިވަޑައިގަތީމާ ތިޔަ އުފާ ނޫނީވިއްޔާ ތިޔަ ނަޞީބު ލިބިވަޑައިގަތީމަ އެންމެ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން
އަދި ހަމައެއާއެކީ
އަދި ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަންޖެހެނީ
އަންހެން ބޭފުޅުން ބާރުވެރިކުރުވުމަށް ކަނބަލުން ބާރުވެރިކުރުވުމަށް މި ފެށިގެންދަނީ ސިލްސިލާ މަސައްކަތްތަކެކޭ
ވަރަށްގިނަ މަސައްކަތްތަކެއް މީގެކުރީގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ
ކަނބަލުންނާއި ފިރިހެން ބޭފުޅުންނާއި ހަމަ މިކަހަލަ ސިލްސިލާ މަހާސިންތާތަކެއް މީގެކުރީގައި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ހަމަ ކުރެވި
އަދި އޭގެފަހުން ކަނބަލުންގެ ހުނަރު ދައްކައިލުމަށްޓަކައި ހަމަ ފިސާރި ކަނބަލުންގެ ހުނަރުވެރި
މަޢުރަޒެއްވެސް ދިވެހިރާއްޖޭގައި ބޭއްވިގެން ހިނގައްޖެ މިދިޔަ އަހަރު
އާދެ މި މަސައްކަތްތަކަކީ ޙަޤީޤަތުގައިވެސް އަދި އަދި މިޔަދު އިއްޔެ ނިމިގެންދިޔައީ ދެއްތޯ ރޭގައި ނިމިގެންދިޔައީ ވަރަށް ވަރުގަދަ މުޅި ރާއްޖެއަށް ހުޅުވައިލެވިގެންދިޔަ ކަނބަލުންގެ ބަށި މުބާރާތް ނިމިގެން
އަޅުގަނޑަށް ހީވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ހިސާބުގަނޑުގައި ކަންނޭނގެ މި މުބާރާތުގެ ފެށުން އޮތީ ވަރަށް ފޯރިގަދަކޮށް އެކި ފެންވަރުގައި ކުޅެވި އެންމެފަހުން ރޭގައި މާލޭގައި މިކަން ކުރެވިގެން
މީގެ ބޭނުމަކަށްވަނީ
ކަނބަލުންނަކީ
ކަނބަލުންނަކީ މިކަހަލަ ހުރިހާ ފަންނެއްގައި ހުނަރުވެރިކަން ދެއްކުމުގެ ޤާބިލުކަން ހުރި ބައެއްކަން ފުރަތަމަ ދެއްކުން
ދެވަނަ ކަމަކަށް މިއޮތީ ކަނބަލުންނަކީ ވަކި މަސައްކަތެއް ކުރުމަށް ސްޓީރިއޯ ޓައިޕްވެފައި ތިބި ބައެއް ކަމަށް ގަބޫލުކުރާ ކުރުން
މިހާރު ވެއްޖެ ދޫކޮށްލަން
ކަނބަލުންނަކީ ހަމަ ހުރިހާ މަސައްކަތެއް ކުރެވޭނެ ހުރިހާ މަސައްކަތަކަށް ފައްކާ ހުރިހާ މަސައްކަތަކަށް އިސްނެގުމުގެ ޙައްޤު ހަމަ ފިރިހެނުންނެކޭ އެއްވަރަށް އޮތް ބައެއް ކަމަށް އަޅުގަނޑުމެންގެ ޒަޢާމަތުގައި އަޅުގަނޑުމެން އެބަ
އެހެންވީމާ ކަނބަލުންނަކީ
ވަކިކަހަލަ މަސައްކަތެއް އެކަނި ނޫނީ ކޮށްގެން ނުވާނެ ކަމަކަށް ތިއްބެވި ބައެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެ
އެހެންވީމާ ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ ޙަޤީޤަތުގައިވެސް ވަރުގަދަ ޤައުމީ މަސައްކަތެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ
އަޅުގަނޑުވެސް ވަރަށް ކައިރިން ދަންނަވަންޖެހޭ ޝުކުރެއް މިއީ އެހެންނަމަވެސް
ކްރެޑިޓް ލިބެންވާ ފަރާތްތަކަށް ކްރެޑިޓް ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް
އެހެންވީމާ އެކަން މަތިން ހަނދާންނައްތާލައިގެން ނުވާނެ އަޅުގަނޑު ވާހަކަ ހަމަ ކުރިއަށް ގެންދާއިރުވެސް މި ހުރިހާ ކަމެއްގެ މޭސްތިރިއަކަށް ހުންނެވީ ފަސްޓްލޭޑީ މެޑަމް ފާޠިމަތު އެހެންވީމާ ފާތުންއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް ވަރުގަދައަށް މަރުޙަބާ ދަންނަވަން އެކަމަނާ އެ ކުރައްވާ މަސައްކަތުގައި އަދިވެސް ފޯރިއާއެކީ ކުރިއަށް ވަޑައިގަތުމަށް ހަމަ އަޅުގަނޑު ދަންނަވަން ހަމަ މިއާއެކީގައި ދަންނަވާލަން ބޭނުންވަނީ ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ކާމިޔާބު ހިތްވަރުހުރި ހިތްވަރުދޭ ފިރިޔަކުވެސް ހުންނަންޖެހެޔޭ
އަޅުގަނޑުމެންގެ މުޖުތަމަޢަކީ އަޅުގަނޑުމެން އިންސާނުންނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅޭ ބައެއް
އެހެންވީމާ މިއީކީ އެއްވެސް ބަޔަކަށް އެއްވެސް ވަރުގަދަ މަސައްކަތެއް އެކަހެރިކޮށް ނުކުރެވޭކަން އަޅުގަނޑުމެން ދައްކައިދޭ
އެހެންވީމާ ކާމިޔާބު ފިރިއެއްގެ ފަހަތުގައި ވަރަށް ކާމިޔާބު ވަރަށް ވަރުގަދަ އަންހެން ޝަޚްޞެއް އަންހެން ކަނބަލެއް އަނތްބެއް ހުންނާނެ ހަމައެގޮތަށް
އަނބިކަނބަލަކަށް އަންހެނަކަށް އަނތްބަކަށް މި މަސައްކަތް ކުރެވެނީ ފިރިމީހާ އެކަން ކުރަން ހިތްވަރުދޭތީ
އެހެންވީމަ އެހެންވީމަ މިއީ ޕާޓްނަރޝިޕެއް ދޮގެއްތޯ އަޅުގަނޑުމެން އެއްވެސް ކަމެއް އަމިއްލައަކަށް އެކަންޏެއް ނުކުރެވޭނެ މިއީ ޕާޓްނަރ
ދިވެހިރާއްޖޭގެ ކުރިއެރުމަކީ ދިވެހިރާއްޖޭގެ ފުރުޞަތުތައް ހޯދުމަކީ ދިވެހިރާއްޖޭގެ ނަސީބަކީ ދިވެހިރާއްޖޭގެ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ވަސީލަތްތަކުން މަންފާ ލިބުމަކީ އަދި ވޭންއަޅާ ކޮންމެ ކަމެއްގައި ވޭން އަޅަނީކީ ހަމައެކަނި ފިރިހެނުންގެ ހިތްތަކަކު ނޫން
ހަމަ މިކަމުގައި އެއްވަރަށް އަންހެން ބޭފުޅުންނަށް ހަމަ މި ވޭނާއި މިހުރިހާ ޝުޢޫރުތަކެއް އިހުސާސް ކުރައްވާ ބަރުދާސްތު ކުރައްވާ އެހެންވީމާ މިއީ ޕާޓްނަރޝިޕެއް
މިކުރެވޭ މަސައްކަތަކީވެސް އަންހެނުންނާއި ފިރިހެނުންނާ ގުޅިގެން އަޅުގަނޑުމެން ޤައުމީ ވާޖިބެއްގެ ގޮތުގައި ދެންމެ ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް އަޅުގަނޑުމެން ކުރާ މަސައްކަތަކީ މި ދެންނެވި މަސައްކަތް
ދުނިޔޭގެ ލީޑަރުން އަޅުގަނޑު މި ދަންނަވާލީ އެންމެ ފާހަގަކުރެވޭ ބައެއް އަންހެން ލީޑަރުން
އަދި ކޯޕަރޭޓް ސެކްޓަރގައި ލީޑަރުން އެބަ ތިއްބި
ވަރަށް ވަރުގަދަ ލީޑަރުން އެބަ ތިބި އަޅުގަނޑުމެން ހީނުކުރާކަހަލަ ފޯޗުން ފައްސަތޭކައިގެ ލިސްޓްގައި އުޅޭ ކުންފުނިތަކުގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ލީޑަރުންގެ ގޮތުގައި ކޯޕަރޭޓް ކަނބަލުން އެބަ ތިއްބެވި ލީޑަރސްގެ ގޮތުގައި އަންހެން ބޭފުޅުން އެބަ ތިއްބެވި
އެހެންވީމާ ކަނބަލުންނަކީ ފިސާރި މަސައްކަތް ކުރެވޭ ކަނބަލުންތަކެއް ކަމަށް އަޅުގަނޑުމެން އެންމެން ގަބޫލު
އަޅުގަނޑު މި ދެންނެވި ގޮތަކަށް މި ދެންނެވި ކަހަލަ މާޗޯ އަދި ވަރަށް ފިރިހެނުން ޑޮމިނޭޓަޑް ސޮސައިޓީއެއްގައިވެސް އަންހެނުން ކުރި ހޯދާފައި ހުރި ދާއިރާތައް ބައިވަރު
ކުރީރޭ ވާހަކަފުޅު ދައްކަވަމުން ރޭ ނޫން އިއްޔެރޭ ޢާޒިމާގެ ވާހަކަފުޅުގައި މީގެ ބައެއް ވާހަކަތައް ވިދާޅުވި
ދުނިޔޭގައި މިހާތަނަށް ކުރެވިފައި ހުރި ރިސަރޗް ދައްކާގޮތުން ވެއްޖިއްޔާ ދުނިޔޭގައި
އެބަހުރި އަންހެން ލީޑަރުން ޤައުމުތަކުގެ ލީޑަރުން އެބަހުރި އަންހެން ބޭފުޅުން ލީޑަރުކަން ކުރައްވާ މިހާރުވެސް އެބަ ކުރައްވަމުން ގެންދަވާ
އަދި ޕާލަމަންޓްތަކުގައި މުޅި ދުނިޔޭގެ ޕާލަމަންޓްތަކުގެ ނިސްބަތަށް ބަލައިފި ކަމަށްވަންޏާ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ އެހެންނަމަވެސް އަންހެން ބޭފުޅުންގެ ދައުރު އެބަ މުޅި ދުނިޔޭގައި ހުރިހާ ޕާލަމަންޓްތަކުގައި ތިއްބެވީ ނިސްބަތަށް ބަލައިފި ކަމަށްފެނޭ
އަންހެން ބޭފުޅުން ތިއްބެވީ 100 އަކުން 13 ބޭފުޅުން މިއީ މަދު އަދަދެއް މިއީ ކުޑަ އަދަދެއް
އެހެންނަމަވެސް ބައެއް ޤައުމުތައް އެބަހުރި ބައެއް ޤައުމުތައް އެބަހުރި މިސާލަކަށް ސްވިޑްން ކަހަލަ ޤައުމުތައް އެބަހުރި 43 ޕަސެންޓް އަންހެން މެންބަރުން ތިއްބެވި
އެހެންވީމާ އަޅުގަނޑުމެންވެސް އެބަޖެހޭ މިކަހަލަ މަސައްކަތްތަކެއް ކުރަން
އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިހާރު މިތިބަ މަރްޙަލާގައި ފަހަރުގައި ފަސޭހަނުވެ ހިނގައިދާނެކަންނޭނގެ ޤާނޫނަކުން ކަންކަން ކުރަން
އެހެންނަމަވެސް ސީޑޯއިން ސީޑޯގެ ކޮންވެންޝަން އެމްބްރޭސް ކުރުމާއެކީ ނޫނީ އެއަށް ޕާޓީއަކަށް އަޅުގަނޑުމެން ވުމާއެކީ އަންހެނުން މެއިންސްޓްރީމް ކުރުމަށް ޚާއްޞަގޮތެއްގައި އަންހެނުންނަށް މި އަންނަ އުނދަގޫތައް އަންހެނުންނަށް ފިރިހެނުންގެ ފަރާތުން ނޫނީވިއްޔާ ތަފާތުކުރުމުން މި ނުކުންނަ ނުބައި ނަތީޖާތައް ނައްތާލުމަށް އަޅުގަނޑުމެން އެންމެން މިތިބީ އަހުލުވެގެން ސޮއިކޮށްގެން އެހެންވީމާ މުޅި ދައުލަތުގެ ބޮލުގައި އެޅިފައި އޮތް ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމުގައި މިކަން މިއޮތީ
އެހެންވީމާ މިކުރެވޭ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ތަނުގައި އެކިގޮތަށް ކަންކަން އެބަ ކުރޭ
މިސާލަކަށް ކޯޕަރޭޓް ވަރލްޑަށް ބަލާކަމަށްވަންޏާ ވިޔަފާރިއާއި ޞިނާޢަތުގެ ދާއިރާއަށް ބަލާކަމަށްވަންޏާ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގެ ގޮތުގައި މިއޮތީ އުތުރުކަރަ އިންޑިއާ
އިންޑިއާގައި ވަކިވަރަކަށްވުރެން ވަރުގަދަ ކުންފުނިތަކުގައި އެތަނުގެ ކޯޕަރޭޓް ޤާނޫނުން ކުންފުންޏާބެހޭ ޤާނޫނުން އެބަ ލާޒިމުކުރޭ ބޯޑުގައި
ބޯޑުގައި ކޮންމެ ބޯޑެއްގައި އެއް އަންހެން ބޭފުޅަކު އިންނަވަން އެއް ކަނބަލަކު
މިއީ ވަކި ފެންވަރެއްގެ ވަރުގަދަ ކުންފުނިތަކުގައި
އެ ފެންވަރުގެ ކުންފުނި ދިވެހިރާއްޖެއަށް ބަލާކަމަށްވަންޏާ އަޅުގަނޑުމެންގެ އިނީޝިއޭޓިވްއަކީ އޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އެއަށްވުރެވެސް ކުރީގައި
އަޅުގަނޑުމެންގެ ސަރުކާރުގައި އަޅުގަނޑުމެން ނިންމައިގެން މިތިބީ އަދި މިހާރު އިރާދަކުރެއްވިއްޔާ އެކަން ހާސިލުނުވާކަމެއްވެސް ނޭނގެ ވަރަށް ކައިރީގައި އުޅެންޖެހޭނީ އަޅުގަނޑުމެންގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ކޯޕަރޭޓް ބޯޑްރޫމްގައި
ކޮންމެ ދިހަ ބޭފުޅެއްގެ ތެރެއިން ނޫނީވިއްޔާ ކޮންމެ ދިހަ
ބޯޑު މެންބަރުންގެ ތެރެއިން ހަތަރު ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް އަޅުގަނޑުމެން އެއޮތީ ކަނޑައަޅާފައި
އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަން އެބަ ހާސިލުވޭ އެހެންވީމާ ޤާނޫނެއް ނެތް ކަމުގައިވީނަމަވެސް އަންހެނުން ބާރުވެރިކުރުވުމަށްޓަކައި މިކަހަލަ ކަންތައްތައް މި ކުރެވެނީ ޤަރާރެއް އޮތަސް އެގްރީމަންޓެއް އޮތަސް ސީޑޯގެ ކޮންވެންޝަނާއި އަދި ކޮންވެންޝަނެއްގައި ކަމެއް ލިޔެވިފައި އޮތަސް
މީގައި ޙަޤީޤަތުގައި މިކަމަށް ޢަމަލީ ސިފަ އަންނާނީ ހިތާއި ރޫޙުން އެކަން ގަބޫލުކުރަންޏާ އެކަން ކުރަން ބޭނުމިއްޔާ
ހެންނޫނީ ޤާނޫނުތައް މަދެއްނޫން އަޅުގަނޑުމެންގެ ތެރޭގައި ކަންކަން މަނާކުރުން ކަންކަމަށް މަގުދައްކަން އަދި ވަކި ކަމެއް ނުކުރަން ވަކިކަމެއް ކުރުމަށް އިރުޝާދުދޭ ޤާނޫނުތައް މަދެއް
އެކަމަކު އެ ޤާނޫނުތަކުގައި ހުންނަ މަގުން ހިނގާއިރު ޑިމޮކްރަސީއާ ޚިލާފަށް އަދި އިންސާނީ ޙައްޤުތަކަށް ގެއްލުން ލިބޭކަމަށް ވަކާލާތުކުރާ މީހުން އަދި އެއަށްވުރެ
އެހެންވީމާ ޤާނޫނުގައި އެއްޗެއް ލިޔެވިފައި އޮތުން އެއީ އޭގެ ޒާތުގައި އެކަމެއް ކަށަވަރުކޮށް
އެކަމެއް ކުރަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ އަޅުގަނޑުމެން އެއްބަސްވާން
ދިވެހިރާއްޖޭގައިވެސް ގެވެށި އަނިޔާއާބެހޭ ޤާނޫނު ނެތީކީވެސް
ދެން އެ ވާހަކަ ދައްކާކަށް
އެކަމަކު ދުނިޔޭގެ ލީޑަރުންގެ ތެރޭގައި މި ދެންނެވި ވަރުގަދަ ލީޑަރުން ތިއްބަވާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މިއީ މި ރިސަރޗުން ކަށަވަރުކޮށްދޭ ކަމެއް
އަންހެން ލީޑަރުން ތިއްބަވާ ޤައުމުތަކުގައި އެބޭފުޅުންގެ ޑިވެލޮޕްމަންޓް އެޖެންޑާއާއި
ދެން އެހެން ޤައުމުތަކުގައި ނޫނީ ފިރިހެނުން ލީޑްކުރާ ދައުލަތްތަކުގެ ޑިވެލޮޕްމަންޓް އެޖެންޑާއާ ވަރަށް
އަންހެން ބޭފުޅުން ސަމާލުކަން މިދެނީ ހިއުމެނި
އޭގެތެރޭގައި ޚާއްޞަކޮށް ހިއުމަން ރިސޯސް ބިލްޑް
އިންސާނީ ވަސީލަތް ތަރައްޤީ
އެއީ މިސާލަކަށް ތަޢުލީމީ ދާއިރާއިން ޤާބިލު ޒުވާނުންތަކެއް އުފެއްދުމަށް ތަޢުލީމީ ދާއިރާއިން ޤާބިލު ރައްޔިތުންތަކެއް އުފެއްދުމަށް
އަދި ޞިއްޙީ ދާއިރާއަށް ދެވޭ ސަމާލުކަން ހަމަ އެހާ ބޮޑު
އަދި ހަވާސާވެފައި ތިބި ފަރާތްތަކުގެ ޙައްޤުތަކަށް ކޮންމެހެންވެސް ޤާނޫނު
އެއީ ދޮށީ އުމުރުގެ މީހުންނަށްވިޔަސް އަދި ޑިވޯރސީސްއަށް ކަމަށްވީނަމަވެސް ނޫނީވިއްޔާ ނުކުޅެދޭ މީހުންނަށް ކަމުގައިވީނަމަވެސް މި ދެންނެވި ހުރިހާ ކަން
މި ދެންނެވި ގޮތަށް ޤާނޫނުން ހިމާޔަތް ހޯދައިދިނުމަށް އަންހެން ލީޑަރުން ވެރިކަން ކުރައްވާ ޤައުމު
މީގެ ނަތީޖާއަކަށް ވެގެންދަނީ ޙަޤީޤަތުގައިވެސް ވަރަށް ޤާބިލު ވަރަށް އެޑިއުކޭޓަޑް ޤައުމަކަށް އެއް ދައުރަށްވުރެ ގިނަ ދައުރު އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި ކަމަށްވަންޏާ އެ ބަދަލުކޮށްލައްވާ އެބަ
އެކަމަކު އެ އަންނަނީ ހިއުމެނިޓީޒްގެ ދާއިރާއިން
އެ އަންނަނީ ހިއުމެނިޓީޒްގެ ދާއިރާއިން
އެކަމަކު އަޅުގަނޑުމެން ފިރިހެންވެރިން ކުރީގައި އުޅޭ އެހެން ދާއިރާއެއް އެބައުޅޭ އެއީ އަޞްލުގައި ދުނިޔޭގެ ލީޑަރސްއަށް މުޅި ދުނިޔޭގެ ލީޑަރސްއަށް
އަންހެން ބޭފުޅުންނަށް ނުވެވިގެން އުޅޭ ސަބަބަކީ އަދިވެސް
އަންހެން ބޭފުޅުން ވެރިކަމުގައި ތިއްބަވާ ދާއިރާތަކުގައި މި ދެންނެވި ގޮތަށް ހިއުމެނިޓީޒަށް މިހާބޮޑަށް އިސްކަމެއް ދެއްވުމަކީ ޝައްކެއްވެސްނެތްގޮތުގައި އެބޭފުޅުންގެ މިޒާޖާއި އެބޭފުޅުންގެ ޚުލްޤު ހުންނަގޮތުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އެކަން ވާނީވެސް އެހެން
އެހެންވީމާ އެ ދާއިރާތަކަށް ސަމާލުކަން އެ ދެއްވަނީ އޭގެ ނަތީޖާއަކަށް ވެގެންދަނީ ޙަޤީޤަތުގައިވެސް ހަނގުރާމަ ކުރުމާއި އަދި ދޭދޭ ޤައުމުތަކުގެ ތެރޭގައި ހުންނަ ޙައްޤުތައް އަހަންމިއްޔަތުމައްސަލަތައް ޖެހިއްޖެ ކަމަށްވަންޏާ ވާހަކަ ދެއްކުމަށް އިސްކަން ދިނުމާއި މުޅި ތަނުގެ ޞުލްޙައާއި މަޞްލަޙަތަށް ސްޓެބިލިޓީއަށް ދެއްވާ
އަޅުގަނޑުމެން މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟
End of preview. Expand in Data Studio

Dhivehi Presidential Speech Dataset (Parquet Format)

This is a parquet-formatted version of the dash8x/dv-presidential-speech dataset, converted from the old loading script format to modern parquet format for better compatibility.

Dataset Summary

Dhivehi Presidential Speech is a Dhivehi speech dataset containing around 2.5 hours (1 GB) of speech collected from Maldives President's Office consisting of 7 speeches given by President Yaameen Abdhul Gayyoom.

Dataset Structure

Data Splits

Split Utterances Duration
Train 1,612 ~2h 15m
Validation 200 ~17m
Test 200 ~13m

Data Fields

  • audio: Audio object with:
    • array: Audio waveform as numpy array
    • sampling_rate: 16,000 Hz
    • path: Original file path
  • sentence: Dhivehi transcription text

Usage

from datasets import load_dataset

# Load the dataset
dataset = load_dataset("Serialtechlab/dv-presidential-speech")

# Access a sample
sample = dataset['train'][0]
print(f"Text: {sample['sentence']}")
print(f"Audio shape: {sample['audio']['array'].shape}")
print(f"Sampling rate: {sample['audio']['sampling_rate']} Hz")

Supported Tasks

  • Automatic Speech Recognition (ASR): Train models to transcribe Dhivehi speech
  • Text-to-Speech (TTS): Train models to synthesize Dhivehi speech

Language

Dhivehi (Maldivian) - dv

License

Apache 2.0

Citation

Original dataset: dash8x/dv-presidential-speech

Data extracted and processed by Sofwath from the DhivehiDatasets collection.

Downloads last month
22